މާލެއިން ދޫކޮށްފައި ހުރި ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާކޮށް ގޯސްކޮށް ހުރި އެއްބަސްވުންތައް އުވައިލަން އެދިއްޖެ

އަދަދު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 8:27

މާލެ ސިޓީ ކައުންސިލުން ދޫކޮށްފައި ހުރި ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާކޮށް އެއްބަސްވުމާ އެއްގޮތަށް އަމަލު ނުކުރާ ފަރާތްތަކުގެ އަތުން ބިން އަތުލައި ފިޔަވަޅު އެޅުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި މާލޭގެ ދެ ކައުންސިލަރަކު މޭޔަރު އާދަމް އާޒިމް އަށް ސިޓީއެއް ފޮނުވައިފި އެވެ.

ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު ސޮއިކޮށް އާޒިމްއަށް ފޮނުއްވާފައިވާ ސިޓީގައި އެދިފައި ވަނީ ހަތަރު ކަމެއް ސިޓީ ކައުންސިލްގެ އެޖެންޑާގައި ހިމަނައިދިނުމަށެވެ.

އެގޮތުން މާލޭގެ ބިންތަކުގެ ތެރެއިން ނަހަމަ އަގުތަކާއި ޝަރުތުތަކުގެ މައްޗަށް ދޫކޮށްފައިވާ ބިންތަކުގެ ކޮންޓްރެކްޓުތައް މުރާޖާ ކުރުމަށްފަހު، އަގާއި ޝަރުތުތަކަށް ބަދަލު ގެންނައުމަށް ނުވަތަ އުވައިލުމުގެ މަސައްކަތް ފެށުމުގެ މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

މައުޟޫޢުތަށް