ހުލާސާކޮށް އިއްޔެ: ކޮމިޝަނަރު ހިމެނޭ ގޮތަށް ފުލުހުންގެ ވެރިންތަކެއް ސަސްޕެންޑު ކުރަން ފާސްކުރުން
އަދަދު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 6:58
ޕޮލިސް ކޮމިޝަނަރު، އިސްމާއިލް ނަވީން އާއި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ދާއޫދު އަދި ސުޕްރިޑެންޓް އޮފް ޕޮލިސް، އިސްމާއިލް ޝަމީމް އާދަމް ހިމެނޭހެން ފުލުހުންގެ ސީނިއާ ގިނަ އޮފިސަރުންތަކެއް ސަސްޕެންޑުކުރަން ލަފާދޭން ފެންނަ ކަމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
މާލިއްޔަތު ކޮމިޓީން އެގޮތަށް ފާސްކުރީ ސިއްރު ކޮށްގެން ގެންދިޔަ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުން ސިއްރުން ކުރިއަށް ގެންދިޔުމުން މާބޮޑު ތަފުސީލެއް ނޭނގެ އެވެ.
އެހެންނަމަވެސް، އަދަދު އަށް އެނގިފައިވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ބަލަމުން އައި ޕޮލްކޯގެ މައްސަލައިގައި ތައްޔާރުކުރި ރިޕޯޓު، ރިކޮމެންޑޭޝަންތަކަކާއެކު ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ.