މާލެ ސިޓީ ކައުންސިލްގެ ދެ މެންބަރު، ސައިފް އާއި ނާޒިމާ އެމްޑީޕީއަށް ސޮއިކޮށްފި

އަދަދު

15 ޑިސެމްބަރު 2025 | ހޯމަ | 11:24

މާލެ ސިޓީ ކައުންސިލްގެ ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޒިމާ މުހައްމަދު ފާއިޒު އާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު، ސައިފް ފާތިހު އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

ސައިފް އާއި ނާޒިމާއަކީ ވެސް އެމްޑީޕީގެ ޓިކެޓުގައި ކައުންސިލަށް އިންތިހާބުވެވަޑައިގެންނެވި ދެ ބޭފުޅުންނެވެ. އެހެންނަމަވެސް، އެމްޑީޕީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުމަށްފަހު އެ ދެ ބޭފުޅުން ވެސް ވަނީ އެމްޑީޕީން ވަކިވެވަޑައިގެން ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފަ އެވެ.

އެ ބޭފުޅުންގެ އިތުރުން ވެސް އެމްޑީޕީން 2023 ވަނަ އަހަރު ވަކިވި ގިނަ އަދަދެއްގެ ބަޔަކު ދަނީ އަލުން އެމްޑީޕީއަށް ސޮއި ކުރަމުންނެވެ. އެގޮތުން މިދިޔަ ޖޫން 17، ގައި ޑިމޮކްރެޓްސްގެ ނެޝަނަލް އެސެމްބްލީން ވަނީ އެ ޕާޓީގެ ހުރިހާ މެންބަރުން ވެސް އަލުން އެމްޑީޕީއާ ގުޅުމަށް ފާސްކޮށްފަ އެވެ.

މައުޟޫޢުތަށް