މަޖިލިސް މެންބަރުކަން ކޮށްފައިވާ މީހުންނަށް އިނާޔަތް ދިނުމަކީ ދައުލަތުން ކުރެވޭނެ ހަރަދެއް ނޫން: ޣަފޫރު

އަދަދު

27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:54

ރައްޔިތުންގެ މަޖިލިސްކަން ކުރާ ކޮންމެ މީހެއްގެ އުމުރުން 55 އަހަރުވުމުން އެ މީހުންނަށް އިނާޔަތް ދިނުމަކީ ދައުލަތުން ކުރެވޭ ވަރަށް ވުރެ ހަރަދު ބޮޑު ކަމެއް ކަމަށާއި އެކަމާ މެދު ވިސްނަންޖެހޭ ކަމަށް ހަނިމާދޫ ދާއިރާގެ މަޖިލިސް މެންބަރު، އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމު އަދާ ކުރައްވާފައިވާ ބޭފުޅުން އޮފީސް ހިންގުމަށް ދެމުން އަންނަ ހަރަދު އުނިކޮށް، ނައިބު ރައީސްކަން އަދާ ކުރައްވާފައިވާ ބޭފުޅުންނަށް މާލީ އިނާޔަތެއް ދޭންޖެހޭ ގޮތަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ މަޖިލިސް މެންބަރުކަން ކޮށްފައިވާ މީހުންގެ އުމުރުން 55 އަހަރުވުމުން ދޭ އިނާޔަތާ މެދު ވެސް ވިސްނަންޖެހޭ ކަމަށެވެ.

"މިހާރު މި ދާ ރޭޓުން ބަލަންޏާ ކޮންމެ ފަސް އަހަރަކުން 80 މެންބަރުންނަށް އިނާޔަތް ދޭން އެބަޖެހޭ 55 އަހަރު ވީމާ، އެއީކީ ދައުލަތަށް އެފޯޑެބަލް އަދަދެއް ނޫން، ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން އެއީކީއެއް،" ޣަފޫރު ވިދާޅުވި އެވެ.

މައުޟޫޢުތަށް