އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހަށް ބަލައިގަނެ ކޮމިޓީއަށް ފޮނުވައިފި
އަދަދު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 1:38
ބައިނަލްއަގުވާމީ މިންގަނޑަށް ފެތޭގޮތަށް އިތުރު ހަމަތަކެއް ހިމަނައި، މަޖިލީހަށް ހުށަހެޅި އައު ގާނޫނުގެ ބިލު މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.
އެއްގަމު ދަތުރުފަތުރުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ކުރެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ޝާމިން ހަބީބު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ މިއަދުގެ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 65 މެންބަރުންގެ އިއްތިފާގުންނެވެ.
ޝާމިން ހުށަހަޅާފައިވާ ބިލުގައި ވަނީ ބޭރު ގައުމުތަކުގައި އުޅަނދު ދުއްވުމުގެ ހުއްދަ ދިނުމުގެ ބާރު ޓްރާންސްޕޯޓު މިނިސްޓްރީއަށް ދީފަ އެވެ. އެގޮތުން އެ ބިލުގައި ވާގޮތުގެ މަތިން ރާއްޖޭގައި އެއްގަމު އުޅަނދު ދުއްވުމަށް ބޭނުންވާ ލައިސެންސް ނެގުމަށްފަހު، އިންޓަނޭޝަނަލް ޑްރައިވިން ޕާމިޓެއް ހޯދައިގެން ދިވެހި ލައިސެންސް އޮންނަ ހުރިހާ އެންމެންނަށް ބޭރުގެ ގައުމުތަކުގައި އެއްގަމު އުޅަނދު ދުއްވޭނެ އެވެ.