ސަރުކާރު ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދެވޭގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފި
އަދަދު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 2:39
ދައުލަތުގެ ހިއްސާ އޮންނަ ކުންފުނިތަކަށް ރިސޯޓު ހަދަން ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހު މަޖިލީހަށް ބަލައިގެންފި އެވެ.
ދިވެހިރާއްޖޭގެ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހު ގެންނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު ސިނާން އެވެ. އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 53 މެންބަރުންގެ ތާއީދާއެކު އެވެ. އެ ބިލު މަޖިލީހަށް ބަލައިގަންނަން ނުފެންނަ ކަމަށް 11 މެންބަރަކު ވޯޓު ދެއްވި އެވެ.
ސިނަން ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ޓޫރިސްޓު ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ރިސޯޓެއް ތަރައްގީ ކުރުމަށް ރަށެއް ނުވަތަ ބިން ނުވަތަ ފަޅު ސަރުކާރަށް ދޫކުރެވޭނެ އެވެ. ރިސޯޓެއް ހަދަން ދައުލަތުގެ ކުންފުންޏަކަށް ރަށެއް ނުވަތަ ފަޅެއް ދޫކުރެވޭނީ އެ ތަނެއް އެ ކުންފުންޏަކަށް ދޫކުރުމަށް ވަޒީރުންގެ މަޖިލީހުން ފާސްކޮށްގެންނެވެ.