އިސްތިއުނާފު މައްސަލަ ބަލާ ސުޕްރީމް ކޯޓުގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ހައި ކޯޓުން އަމުރު ނެރުއްވި ފަނޑިޔާރު
އަދަދު
27 ނޮވެމްބަރު 2025 | ބުރާސްފަތި | 4:34
ސެންޓަ އެންޓަޕްރައިސަސްއަށް 32 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް ފައިސާ ދެއްކުން ހުއްޓުވުމަށް ހައި ކޯޓުން އަމުރު ނެރުނުއިރު ބެންޗުގައި އިންނެވި ފަނޑިޔާރަކު އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ބެންޗުގެ ރިޔާސަތުގައި އިންނެވުމުން މިއަދުގެ ޝަރީއަތުގެ މަޖިލިސް މެދުކަނޑާލައިފި އެވެ.
ފެބްރުއަރީ 10، 2025 ގައި ސެންޓަ އެންޓަޕްރައިސަސްއާ އެއްކޮޅަށް މައްސަލަ ނިންމީ 30 ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށެވެ. އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މެއި 29، 2025 ގައި ވަގުތީ އަމުރެއް ނެރެފައިވެ އެވެ.
ތިން ފަނޑިޔާރުންގެ ބެންޗަކުން ހުކުމް ކުރީ ހައި ކޯޓުން ވަކި ގޮތެއް އަންގަންދެން ނުވަތަ އެ ކޯޓަށް ހުށަހަޅާފައި އޮތް އިސްއިތުނާފު މައްސަލަ ވަކި ގޮތެއް ނިމެންދެން އެ ފައިސާ ދޫނުކޮށް ސިވިލް ކޯޓުގައި ބެހެއްޓުމަށެވެ. އެ ބެންޗުގައި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގެންނެވި އެވެ.