ހުލާސާކޮށް އިއްޔެ: މޫޑީސްގެ ރޭޓިން ބަދަލެއް ނައުން އަދި ކައުންސިލްތަކުގެ ބާރު އިތުރަށް ކެނޑުން

އަދަދު

28 ނޮވެމްބަރު 2025 | ހުކުރު | 6:32

ބޭރުގެ ދަރަނިތައް ނުދެއްކިދާނެ ކަމުގެ ހިރާސް ބޮޑު ކަމަށް ބަލައި ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސްއިން ރާއްޖެއަށް ދީފައިވާ "ޖަންކް" ރޭޓިން ދަމަހައްޓައިފި އެވެ.

މިދިޔަ އަހަރުގެ މެދުތެރޭ "ސީއޭއޭ-1" ގައި ހުރި ރާއްޖޭގެ ރޭޓިން "ސީއޭއޭ-2" އަށް މޫޑީސްއިން ދަށްކުރީ ސެޕްޓެމްބަރު 11، 2024 ގަ އެވެ. ދަރަނި ނުދެއްކޭނެ ކަމުގެ ބިރު ބޮޑުވުމުން މޫޑީސް ރޭޓިންގައި ރާއްޖެ މިހާރު އޮތީ "ނޮން-އިންވެސްޓްމެންޓް" ގްރޭޑުގަ އެވެ.

އިއްޔެ ނެރުނު ރޭޓިން އެކްޝަންގައި ވެސް އެ ރޭޓިން އަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ. ނަމަވެސް، ކުރިން "ނެގެޓިވް" ގައި އޮތް ރޭޓިން އައުޓްލުކް މިހާރު ވަނީ "ސްޓޭބަލް" އަށް ބަދަލުކޮށްފަ އެވެ. އޭގެ މާނައަކީ ރޭޓިންއަށް ބަދަލެއް އައުމުގެ ފުރުސަތެއް ނެތުމެވެ.

މައުޟޫޢުތަށް