ރައީސްއާ ކުރަން ބޭނުންވާ ސުވާލު ކުރިން ހުށަހަޅަން ނުޖެހޭނެ ކަމަށް ތަރުޖަމާނު ވިދާޅުވެއްޖެ
އަދަދު
28 ނޮވެމްބަރު 2025 | ހުކުރު | 12:12
ވެރި ރަށް މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ މީހުންނާއެކު ރައީސް މުހައްމަދު މުއިއްޒު ބާއްވަވާ ބައްދަލުވުންތަކުގައި ކުރަން ބޭނުންވާ ސުވާލު ކުރީ ބައިގައި ހުށަހަޅަން ނުޖެހޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހީނާ ވިދާޅުވީ ރައީސްގެ ބައްދަލުވުންތަކުގައި މިނިވަންކަމާއެކު ހިޔާލު ފާޅު ކުރެވޭނެ ކަމަށެވެ. އަދި ކުރީ ބައިގައި ސުވާލު ހުށަހަޅަންޖެހޭނެ ކަމަށް ބުނެ ދައްކާ ވާހަކައަކީ ދޮގެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއްވެސް ބޭފުޅަކު ދުރާލާ ސުވާލު ނުވަތަ ހިޔާލު އެއްވެސް ފަރާތަކާ ހިއްސާ ކުރައްވާކަށް ޖެހިވަޑައެއްނުގަންނަވާނެ،" ހީނާ ވިދާޅުވެފައިވެ އެވެ.