މުއިއްޒު: އަސްމާއާ ހެދި ހަޑިވެ، ބަދުނާމު ވެއްޖެ، ރައްޔިތުންގެ ކިބައިން މައާފަށް އެދެ!

އަދަދު

29 ނޮވެމްބަރު 2025 | ހޮނިހިރު | 9:01

މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖެއްގެ ސަބަބުން އެ މަނިކުފާނު "ހަޑިވެ، ބަދުނާމު ވެއްޖެ" ކަމަށާއި އެހެންވެ، ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް އަސްމާއަށް ރައީސް މުހައްމަދު މުއިއްޒު އަންގަވައިފި އެވެ.

ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު އަވަށުގެ ރައްޔިތުންނާއެކު މުއިއްޒު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި އަސްމާ މާފަންނު މެދު ދާއިރާގެ މެންބަރުންނަށް މެސެޖު ކުރެއްވީ، ވީހާވެސް ގިނަ ރައްޔިތުންގެ ސުވާލާއި ހިޔާލު މުއިއްޒުގެ އަރިހަށް ގެންދެވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

އެ މެސެޖު އާންމުވުމުން ރައްޔިތުންގެ ފާޑުކިޔުންތައް މުއިއްޒު އަށް އަމާޒުވި އެވެ. އެހެންވެ، އެކަމާ ކޯފާ އިސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާކަމުން، އަސްމާ އިއްޔެ ވަކިކޮށް، އަދި އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް ކެންސަލްކުރި އެވެ.

މައުޟޫޢުތަށް