ތޫފާން ޑިޓުވާ: ދިވެހި ސަރުކާރުން ލަންކާއަށް 50،000 ޑޮލަރު ހަދިޔާ ކުރަނީ
އަދަދު
29 ނޮވެމްބަރު 2025 | ހޮނިހިރު | 10:17
ތޫފާން ޑިޓުވާގައި އަވައްޓެރި ސްރީ ލަންކާއަށް ބޮޑެތި ގެއްލުންތަކެއްވެ އެތައް ބަޔަކު މަރުވެފައިވާތީ ދިވެހި ސަރުކާރުން އެ ގައުމަށް 50،000 ޑޮލަރު (771،000 ރުފިޔާ) ހަދިޔާ ކުރަން ނިންމައިފި އެވެ.
ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނީ ފައިސާގެ އިތުރުން 25،000 މަސްދަޅު ވެސް ލަންކާއަށް ފޮނުވާނެ ކަމަށެވެ.
"މިއީ އަވައްޓެރި ސްރީ ލަންކާ އާއި އެ ގައުމުގެ ރަހުމަތްތެރި މީސްތަކުންނާއެކު ދިވެހިން ތިބިކަން ދައްކައިދޭނެ ނިޝާނެއް. މީގެ ސަބަބުން، ލަންކާ ސަރުކާރުން އާންމުންނަށް ފޯރުކޮށްދެމުންދާ އެމަޖެންސީ ހިދުމަތްތަކަށް އެހީތެރިކަމެއް ލިބޭނެ ކަމަށް އުއްމީދު ކުރަން،" ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.