ޕީއެސްއެމްގެ އެމްޑީގެ މަގާމުން ނަސްރީން އިސްތިއުފާ ދީފި

އަދަދު

29 ނޮވެމްބަރު 2025 | ހޮނިހިރު | 5:13

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރު (އެމްޑީ) ގެ މަގާމުން އިބްރާހިމް ނަސްރީން އިސްތިއުފާ ދީފި އެވެ.

އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ކުރިއަށްދިޔަ ޕީއެސްއެމްގެ ބޯޑު ބައްދަލުވުމުގެ ތެރެއިން އޭނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.

އޭނާ ވަނީ އޭގެ ކުރިން ޕީއެސްއެމްގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމު ވެސް އަދާކޮށްފަ އެވެ.

މައުޟޫޢުތަށް