އަސްމާ އަދާކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޒިންމާ: މާރިޔާ
އަދަދު
29 ނޮވެމްބަރު 2025 | ހޮނިހިރު | 8:55
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު (އަސްމާއްތަ)، އެ ދާއިރާގެ ރައްޔިތުންނަށް ފޮނުއްވި މެސެޖަކީ ރައްޔިތުންގެ ހިޔާލު ހޯދުމަށް މެންބަރުންނަށް އޮތް ޒިންމާ އަދާކުރުމަށް ކުރައްވާފައިވާ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ޑިސެމްބަރު 4 ވާ ބުރާސްފަތި ދުވަހުގެ ރޭ މާފަންނު އަވަށުގެ ރައްޔިތުންނާއެކު މުއިއްޒު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގައި ދިނުމަށް އެދި އަސްމާ މާފަންނު މެދު ދާއިރާގެ މެންބަރުންނަށް މެސެޖު ކުރެއްވީ، ވީހާވެސް ގިނަ ރައްޔިތުންގެ ސުވާލާއި ހިޔާލު މުއިއްޒުގެ އަރިހަށް ގެންދެވުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އެ މެސެޖު އާންމުވުމުން ރައްޔިތުންގެ ފާޑުކިޔުންތައް މުއިއްޒު އަށް އަމާޒުވި އެވެ. އެހެންވެ، އެކަމާ ކޯފާ އިސްކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުންނާއި، ޔޫކޭ-މޯލްޑިވްސް ފްރެންޑްޝިޕް ގްރޫޕުގެ ޗެއާކަމުން، އަސްމާ އިއްޔެ ވަކިކޮށް، އަދި އަސްމާ ޔޫކޭއަށް ވަޑައިގަތުމަށް ހަމަޖެހިފައި އޮތް މަޖިލީހުގެ ދަތުރެއް ކެންސަލްކުރި އެވެ.