މުއިއްޒުގެ ބޮޑު ސްކޭމެއް، ރަށްރަށުގައި ޕާސްޕޯޓު ޕްރިންޓެއް ނުކުރޭ!
އަދަދު
30 ނޮވެމްބަރު 2025 | އާދިއްތަ | 9:59
ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއްގެ ގޮތުގައި، ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމުގެ ނަމުގައި ބޮޑު މަޝްރޫއުއެއް ކުރިޔަށް ގެންދިޔަ ނަމަވެސް، އެއީ ބޮޑު އޮޅުވާލުމެއްކަން އަދަދު އަށް ހާމަވެއްޖެ އެވެ.
ސަރުކާރުގެ ބައެއް އޮފިޝަލުންނާއި ބައެއް ކައުންސިލްތަކުގެ އިސްވެރިން މި ނޫހާ ވާހަކަ ދައްކަމުން ބުނީ ޕާސްޕޯޓު ހެއްދުމުގެ ހިދުމަތް ފެށި ކަމަށް ސަރުކާރުން ބުނި ނަމަވެސް، އެއީ ހަގީގަތެއް ނޫން ކަމަށާއި، މާލެ ފިޔަވައި އެއްވެސް ރަށެއްގައި ޕާސްޕޯޓު ޕްރިންޓު ނުކުރާ ކަމަށެވެ.
"މާލެ ފިޔަވައި އެހެން އެއްވެސް ރަށެއްގައި އަދި ޕާސްޕޯޓެއް ޕްރިންޓެއް ނުކުރޭ،" އެ މައުލޫމާތު އެނގޭ އޮފިޝަލަކު، ނަން ނުޖެހުމަށް ޝަރުތުކޮށް ބުންޏެވެ.