މަރުވެފައި އޮތް ފިރިހެނެއް ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން ފެނިއްޖެ

އަދަދު

30 ނޮވެމްބަރު 2025 | އާދިއްތަ | 1:27

މަރުވެފައި އޮތް މީހަކު ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހުޅުމާލެ ފޭސް އެކެއްގެ ގެސްޓުހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް މީހަކު އޮތް ކަމުގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު މެންދުރުފަހު 12:14 ހާއިރު ކަމަށެވެ.

"ހުޅުމާލެ ފޭސް އެކެއްގެ ގެސްޓުހައުސްއެއްގެ ރޫމްއެއްގައި މަރުވެފައި އޮތް މީހަކު ފެނިގެން ނޮވެމްބަރު 30، 2025 ވަނަ ދުވަހުގެ 12:14 އެހާކަށްހާއިރު ފުލުހުންނަށް ރިޕޯޓު ލިބުމާ ގުޅިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން،" ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް