ޕީއެންސީގެ ޕްރައިމަރީގައި މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް، މާލޭގައި ތިބެގެން ވޯޓުލުމުގެ ހައްގެއް ނުލިބޭނެ

އަދަދު

30 ނޮވެމްބަރު 2025 | އާދިއްތަ | 2:22

މާލޭގައި ދިރިއުޅޭ ރަށްރަށުގެ މީހުންނަށް ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ޕީއެންސީ ޕްރައިމަރީގައި ވޯޓުލުމުގެ އިންތިޒާމު މާލޭގައި ހަމަނުޖައްސާނެ ކަމަށް އެ ޕާޓީގެ ކެމްޕޭނު މެނޭޖަރު، އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.

ޕީއެންސީގެ ލޯކަލް ކައުންސިލް ޕްރައިމަރީއާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި ވޯޓު ލެވޭނީ އެމީހެއްގެ ރެޖިސްޓްރީ އޮންނަ ރަށަށް ކަމަށެވެ.

"އަޅުގަނޑުމެން ޕްރައިމަރީގައި ވޯޓުލުން މިފަހަރު މި ޕާޓީގެ ފަރާތުން ނިންމާފައި މި ވަނީ އެ ބޭފުޅަކު ނިސްބަތްވާ ރަށެއްގައި ބެހެއްޓިފައި ހުންނަ ވޯޓު ފޮށްޓަށް ކޮންމެ ބޭފުޅަކަށް ވެސް ވޯޓު ލެވޭނީ. އޭގެ މާނައަކީ ރ. އަތޮޅުުގައި މިސާލަކަށް އުނގޫފާރުގައި، އުނގޫފާރު ފޮށްޓަށް ރެޖިސްޓްރީ ކޮށްފައި އޮންނަ ވޯޓު. މާލޭގައި އަޅުގަނޑުމެންގެ އެއްވެސް ވޯޓު ފޮށްޓެއް ޕްރައިމަރީގައި ވޯޓުލާކަށް މި ފަހަރު ނުބެހެއްޓޭނެ،" ފަލާހު ވިދާޅުވި އެވެ.

މައުޟޫޢުތަށް