މެންބަރު ހުސައިން ޝަރީފުގެ އަނބިކަނބަލުންނަށް 55،000ރ. ގެ މުސާރަ ލިބޭ ވަޒީފާއެއް ދީފި

އަދަދު

1 ޑިސެމްބަރު 2025 | ހޯމަ | 8:29

ޕީއެންސީގައި ހުންނަވައިގެން ސަރުކާރުގެ ބައެއް ސިޔާސަތުތަކަށް އަދި ހާއްސަކޮށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) ގެ ކަންކަމަށް ފާޑުވިދާޅުވަމުން ގެންދެވި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސެއިން ޝަރީފުގެ އަނބިކަނބަލުންނަށް ބޮޑު މުސާރައެއް ލިބޭ މަގާމެއް އެޗްޑީސީން ދީފި އެވެ.

ޝަރީފުގެ އަނބިކަނބަލުން ޝިނާ ވަޖީހު އަށް އައްޔަން ކުރީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ ބިއުރޯގެ ޗީފްގެ މަގާމުގަ އެވެ. އޭނާ އައްޔަން ކުރީ ޑިރެކްޓަރެއްގެ ފެންވަރުގައި ކަމަށާއި މަހު މުސާރައަކީ 55،000ރ. ކަމަށް، އެ މައުލޫމާތު އެނގޭ މީހަކު އަދަދު ނޫހަށް ބުންޏެވެ.

"މިއީ މެންބަރު ޝަރީފަށްޓަކައި ދިން މަގާމެއް. އެތައް ދުވަހެއް ވެއްޖެ މިކަމެއްގައި ސަރުކާރަށް ޕްރެޝަރުކުރަމުން ގެންދާތާ،" އޭނާ ބުންޏެވެ. "ފަޒުލް ހުންނެވިއިރު ވެސް އިސް މެންބަރު ހުސައިން ޝަރީފުގެ އަންހެނުންނަށް ބޮޑު މަގާމެއް ހޯދަން މަސައްކަތް ކުރި."

މައުޟޫޢުތަށް