މުއިއްޒު އަންގަވައިގެން އަސްމާއަށް އަދަބު ދިން ނަމަވެސް ރިފާއުއަށް އެއްވެސް ފިޔަވަޅެއް ނާޅާ
އަދަދު
1 ޑިސެމްބަރު 2025 | ހޯމަ | 9:12
ރައީސް މުހައްމަދު މުއިއްޒު މާފަންނު އަވަށުގެ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމުގައި ހިޔާލުފާޅު ކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އަށް އެއްވެސް ފިޔަވަޅެއް ނާޅާކަން އެނގިއްޖެ އެވެ.
ޑިސެމްބަރު 4، ގައި ބާއްވާ މި ބައްދަލުވުމުގައި ހިޔާލު ފާޅުކުރަން ބޭނުންވާ މީހުން އަންގަން އެދުމުން މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު އަށް މުއިއްޒު ވަނީ ނުރުހުމުގެ މެސެޖެއް ކުރައްވައި ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފަ އެވެ.
ނަމަވެސް، ޕީއެންސީން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި އަސްމާ އަށް ފިޔަވަޅު އެޅިއިރު، އަދިވެސް ބޮޗޭއާމެދު އެއްވެސް ފިޔަވަޅެއް ނާޅަ އެވެ. އެކަމާ ގުޅިގެން ޕީއެންސީގެ ޕީޖީ ގްރޫޕުގައި އެއްވެސް ވާހަކައެއް ނުދައްކާ ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުންޏެވެ.