އަސްމާގެ ބަދަލުގައި އިޖުތިމާއީ ކޮމިޓީއަށް މުހައްމަދު އަލީ
އަދަދު
1 ޑިސެމްބަރު 2025 | ހޯމަ | 9:53
މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު މަޖިލީހުގެ އިޖްތިމާއީ ކޮމިޓީއިން ވަކި ކުރިކަން މަޖިލީހުގެ އިދާރާއިން މިއަދު ރަސްމީކޮށް އިއުލާނުކޮށްފި އެވެ.
އިޖްތިމާއީ ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދެވި އަސްމާ އެ ކޮމިޓީއިން ވަކި ކުރީ، ރައީސް މުހައްމަދު މުއިއްޒު މާފަންނުގެ ރައްޔިތުންނާއެކު ބާއްވަން ނިންމާފައިވާ ބައްދަލުވުމުގައި ސުވާލު ކުރަން ބޭނުންވާ މީހުންގެ ނަން ފޮނުވަން އަސްމާ އެދިވަޑައިގަތުމުންނެވެ.
އަސްމާގެ މެސެޖާ ގުޅިގެން އޭނާއަށް ފިޔަވަޅު އަޅަން މުއިއްޒު ނިންމެވިކަން އަސްމާގެ އަރިސް ބައެއް ބޭފުޅުން އަދަދު ނޫހަށް ކަށަވަރުކޮށްދިނީ ހުކުރު ދުވަހު އެވެ. އެކަން މަޖިލީހުން ރަސްމީކޮށް އިއުލާނުކުރީ މިއަދުގެ ޖަލްސާގަ އެވެ.