ޝަރުއީ ނިޒާމުގެ މައްސަލަ ހައްލުނުވަނީ މަޖިލީހުން ޒިންމާ އަދާނުކުރެވޭތީ: މެންބަރު ޒިޔާދު

އަދަދު

1 ޑިސެމްބަރު 2025 | ހޯމަ | 11:54

ރާއްޖޭގެ ޝަރުއީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ނުވެ ދިގުލައިގެން ދަނީ އެ ނިޒާމުގެ ކަންކަން ބަދަލުކޮށް ޒިންމާދާރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް މަތިކޮށްފައި އޮންނަ ޒިންމާ އަދާނުކުރާތީ ކަމަށް ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ އަދުލު އިންސާފުގެ ނިޒާމުގައި ބޮޑެތި މައްސަލަތަކެއް ހުރި ކަމަށާއި ރައްޔިތުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭ ކަމަށް ވިދާޅުވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.

ފިއްޓޭ ވިދާޅުވި ގޮތުގައި ޝަރުއީ ނިޒާމުގައި ހުރި މައްސަލަތަކަކީ ވަކި ވެރިޔަކު ހުރެގެން ހައްލުވާނެ މައްސަލަތަކެއް ނޫން ކަމަށެވެ. އަދި، އެކަމަށް ދާއިމީ ހައްލެއް ލިބޭނީ ހެދިފައި ހުރި ގާނޫނުތަކާއި އުސޫލުތަކުގެ ހަމަ ގެންގުޅެން އެނގޭ ނަމަ ކަމަށް އޭނާ ވިދާޅުވި އެވެ.

މައުޟޫޢުތަށް