ދައުލަތަށް ހިޔާނާތްތެރިވެފައި ތިބޭ މީހުން ބޭރު ގައުމުތަކުގައި އުފަލުގައި އުޅެނީ ސަރުކާރުން މަގުފަހިކޮށްދޭތީ: ކުޑޫ
އަދަދު
1 ޑިސެމްބަރު 2025 | ހޯމަ | 11:06
ދައުލަތުގެ އެތައް މިލިއަން ފައިސާއަކަށް ހިޔާނާތްތެރިވެފައި ތިބޭ މީހުން ރާއްޖެއިން ބޭރު ގައުމުތަކުގައި އުފަލުގައި ދިރިއުޅެނީ ސަރުކާރުން އެ މަގު އެ މީހުންނަށް ފަހިކޮށްދޭތީ ކަމަށް ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު ވާހަކަދައްކަވަމުން ކުޑޫ ވިދާޅުވީ ރިހާކުރުފުޅިއެއް ވަގަށް ނެގި މީހާއަށް ބޮޑު އަދަބު ލިބުނު ވާހަކަ ރައްޔިތުން ދެއްކުމަކީ ޖޯކެއް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުންގެ މަޖިލީހަށާއި ޝަރުއީ ނިޒާމަށް ރައްޔިތުން ކުރާ މަލާމާތެއް ކަމަށް ކުޑޫ ވިދާޅުވި އެވެ.
"ދައުލަތުގެ ފައިސާއިން މިލިއަނުން ހިޔާނާތްތެރިވާ މީހުން އަވައްޓެރި ގައުމުތަކުގައި ބޮޑެތި އެޕާޓުމެންޓުތައް ހިފައިގެން އުފަލުގައި އުޅެމުން ދަނީ، އެއީ އަޅުގަނޑުމެންގެ ދަރިންނާއި ދަރިންގެ ދަރިންނަށް އަންނަން ހުރި ފައިސާއަށް ހިޔާނާތްތެރިވެފައިވާ މީހުން. މިއީ ލަދުވެތި ހުތުރު އަމަލެއް އިނގޭތޯ؟" ކުޑޫ ވިދާޅުވި އެވެ.