އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށް މަދުން ކައުންސިލަރުން ހޮވާ ބަދަލުތައް ތަސްދީގުކޮށްފި

އަދަދު

1 ޑިސެމްބަރު 2025 | ހޯމަ | 4:52

އަތޮޅު ކައުންސިލުތައް އުވާލައި، އާބާދީ ކުޑަ ރަށްރަށަށް މަދުން ކައުންސިލަރުން ހޮވަން ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ގެނައި ބަދަލު ރައީސް މުހައްމަދު މުއިއްޒު ތަސްދީގުކޮށްފި އެވެ.

އެ ބަދަލުތައް ގެނައުމަށްޓަކައި ގާނޫނުއަސާސީ އާއި ލާމަރުކަޒީ ގާނޫނާއި ލޯކަލް ކައުންސިލުތަކުގެ އިންތިހާބުގެ ގާނޫނަށް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެ ހުރިހާ ބިލުތަކެއް މުއިއްޒު ވަނީ މިއަދު ތަސްދީގުކޮށްފަ އެވެ.

އަތޮޅު ކައުންސިލް އުފެއްދުމަށް ގާނޫނުއަސާސީގެ 230 ވަނަ މާއްދާގެ ށ. އިން ރައީސުލްޖުމްހޫރިއްޔާ ދީފައި އޮތް ބާރު މިވަގުތުން ފެށިގެން އުނިވީ އެވެ. އެހެންކަމުން ދެން އަތޮޅު ކައުންސިލެއް ވުޖޫދެއް ނުކުރެވޭނެ އެވެ.

މައުޟޫޢުތަށް