ވިލާ ގްރޫޕުން ލަންކާއަށް 100،000 ޑޮލަރު ހަދިޔާކޮށްފި
އަދަދު
1 ޑިސެމްބަރު 2025 | ހޯމަ | 5:37
ތޫފާނު ޑިޓުވާގެ ސަބަބުން އަވައްޓެރި ސްރީ ލަންކާއަށް ލިބެމުންދާ ގެއްލުންތަކަށް އެހީވުމުގެ ގޮތުން ރާއްޖޭގެ ވިލާ ގްރޫޕުން އެއް ލައްކަ ޑޮލަރު މިއަދު ހަދިޔާކޮށްފި އެވެ.
ވިލާގެ އެހީ ހަވާލުކޮށްދެއްވީ ވިލާ ރިސޯޓްސްގެ ސީއީއޯ ސިޔާދް ގާސިމް އެވެ. އެހީއާ ހަވާލުވެވަޑައިގަތީ ލަންކާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުހައްމަދު ރިޒްވީ ހަސަން އެވެ.
ތޫފާނުގެ ސަބަބުން ލަންކާގައި މިހާތަނަށް 212 މީހުން ވަނީ މަރުވެފަ އެވެ. އަދި ތޫފާނުގައި 218 މީހަކު ވަނީ ގެއްލިފަ އެވެ. އަދި މަދުވެގެން 50،000 ގެ ތޫފާނުގެ ސަބަބުން މުޅިން ހަލާކުވެފައިވާ ކަމަށް ބެލެވެ އެވެ.