މަސްލަހަތު ގެއްލޭ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވެ، ގައުމީ މަޖިލީހުގެ ޖަލްސާއެއް އަލުން ބާއްވަން ޝާހިދު ލަފާ ދެއްވައިފި

އަދަދު

1 ޑިސެމްބަރު 2025 | ހޯމަ | 6:01

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވުމަށް ބޭއްވި ޖަލްސާ ހޫނުވެ ބައްދަލުވުން ހުއްޓާލަން ޖެހުމުން، ގައުމީ މަޖިލީހުގެ އިތުރު ޖަލްސާއެއް ބާއްވަން ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ލަފާ ދީފި އެވެ.

އެންމެ ފަހުން ހުކުރު ދުވަހު ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާ ހޫނުވީ އަބްދުﷲ ވަހީދު (ދިއްދޫ ވައްޑެ) ޗެއާޕާސަންގެ މަގާމަށް ހޮވުނުކަން ރިޔާސަތުން އިއުލާނު ކުރުމަށްފަހު، އެ ނިންމުން ފަހުން ބަދަލު ކުރުމުންނެވެ.

"ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިޔުމުގެ ކަންކަން އިންތިޒާމް ކުރުމަށްފަހު އެ މަސައްކަތް ކުރިއަށް ގެންދިޔުމަށް އަޅުގަނޑު މަޝްވަރާ އަރުވަން،" ޗެއާޕާސަންގެ ނައިބަށް ފޮނުއްވި ސިޓީއެއްގައި ޝާހިދު ވިދާޅުވެފައިވެ އެވެ.

މައުޟޫޢުތަށް