ސްރީ ލަންކާއަށް އެހީވާން ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފި
އަދަދު
1 ޑިސެމްބަރު 2025 | ހޯމަ | 9:22
ތޫފާން ޑިޓުވާގެ ސަބަބުން ސްރީ ލަންކާއަށް ލިބުނު ގެއްލުންތަކަށް އެހީތެރިވާން ހިންގާ "ލަންކާއާއެކު ދިވެހިން" ޓެލެތޯން އަށް ފުލުސް އޮފީހުން 2.4 މިލިއަން ރުފިޔާ ހަދިޔާކޮށްފިި އެވެ.
އެއީ ލަންކާ ޓެލެތޯނަށް އެހީތެރިވާން އެއް ފަރާތަކުން މިހާތަނަށް ދިން އެންމެ ގިނަ އަދަދެއްގެ ފައިސާ އެވެ. ފައިސާ ހަވާލު ކުރުމަށްފަހު ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން އެކަމުގެ ސަބަބުން ފެނިގެން ދަނީ ފުލުހުންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަން ކަމަށެވެ.
"މިކަމުން ފެނިގެންދިޔައީ ފުލުހުންގެ މެދުގައި އޮތް ބަދަހި އެއްބައިވަންތަކަމާއި އެއްބާރުލުމުގެ ރޫހު. ފުލުހުންގެ ހުރިހާ ރޭންކުތަކަކުންނާއި ހުރިހާ ބަހާތަކުގެ ވެރިންނާއި މުވައްޒަފުންގެ ފަރާތުން ފެނިގެންދިޔަ މި އެއްބާރުލުމާއި އެހީތެރިކަމުގެ ނަމޫނާ ފާހަގަކޮށް ޝުކުރު އަދާކުރަން. ހާއްސަކޮށް، މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެއްކެވި މި ދީލަތިކަމުގެ ނަމޫނާއަށް ތައުރީފު ކުރަން،" ނަވީން ވިދާޅުވި އެވެ.