ބަރުދަން ލުއިކުރުމަށް ކުރާ ބެރިއެޓްރިކް ސާޖަރީ އައިޖީއެމްއެޗުން ފަށައިފި
އަދަދު
2 ޑިސެމްބަރު 2025 | އަންގާރަ | 11:54
ގޮހޮރުގެ ބައެއް ބުރިކޮށްގެންނާއި ހަޖަމުކުރާ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ބަރުދަން ލުއިކުރުމަށް ކުރާ ބެރިއެޓްރިކް އަދި މެޓަބޮލިކް ސާޖަރީ އައިޖީއެމްއެޗުގައި ކުރަން ފަށައިފި އެވެ.
ބެރިއެޓްރިކް ސާޖަރީގެ އެކި ވައްތަރު ހިމެނެ އެވެ. އެގޮތުން ގޮހޮރުގެ ބައެއް ބުރިކުރުމަށްފަހު ކުރާ ސާޖަރީ އާއި ހަޖަމުކުރާ ނިޒާމަށް ބަދަލުތަކެއް ގެނެސްގެން ކާއެއްޗެހިން ހަށިގަނޑަށް ނިއުޓްރިއެންޓްސް ނަގާ މިންވަރު މަދުކުރުމަށް ކުރާ ސާޖަރީ ހިމެނެ އެވެ.
މި ބާވަތުގެ ސާޖަރީތައް ކުރަނީ އާދަޔާހިލާފަށް ބަރުހެލިވެފައި ތިބޭ މީހުންގެ އެވެ. އެ ސާޖަރީ ހެދުމުން ބަރުދަން ލުއިވުމުގެ އިތުރުން ޓައިޕް 2 ހަކުރުބައްޔާއި ކޮލެސްޓްރޯލް މަތިވުމާއި ލޭ މައްޗަށް ދިޔުން އަދި ބައެއް ބާވަތުގެ ކެންސަރާއި ހިތުގެ ބަލިތަކަށް ބޭސްކުރުން ނިމުމަކަށް ގެނެވެ އެވެ.