ރަސްމާލެ ހިއްކުމަށް ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްފި

އަދަދު

2 ޑިސެމްބަރު 2025 | އަންގާރަ | 12:47

މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހިއްކަން ފެށި ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތުގެ ދުވެލި ހަލުވި ކުރުމަށް މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޑްރެޖަރު ގެނެސްފި އެވެ.

ހޮލެންޑުގެ ހަން ޑެ ނަލް އިން އޮޕަރޭޓުކުރާ ކްރިސްޓޮބަލް ކޯލޮން ރާއްޖެ އައިކަން އިއުލާން ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ޑްރެޖަރު ރާއްޖެ އައީ ނޮވެމްބަރު 30، ގަ އެވެ. އަދި ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތުގައި އެ ޑްރެޖަރުން އަމަލީ މަސައްކަތް ފެށީ އިއްޔެ އެވެ.

މިވަގުތު ދުނިޔޭގައި އޮތް އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރު ކަމަށްވާ މި އުޅަނދުގައި ދަތުރެއްގެ މައްޗަށް 78،000 ޓަނުގެ ވެލި އުފުލޭނެ އެވެ. އަދި، ކަނޑުގެ 155 މީޓަރު އަޑިން ވެލި ނެގުމުގެ ގާބިލުކަން މި ޑްރެޖަރަށް ލިބިގެންވެ އެވެ.

މައުޟޫޢުތަށް