ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީން ފަންޑްރެއިޒިން ގާލާ ޑިނާއެއް ބާއްވައިފި

އަދަދު

2 ޑިސެމްބަރު 2025 | އަންގާރަ | 6:39

ދަރިމައިވުމުގެ މައްސަލަތައް ހުންނަ މީހުންނަށް އެހީތެރިވަށް މަސައްކަތް ކުރާ ފާޓިލިޓީ ސަޕޯޓު ކޮމިއުނިޓީ (އެފްއެސްސީ) ގެ ދެވަނަ ފަންޑްރެއިޒިން ގާލާ ޑިނާ ބާއްވައިފި އެވެ.

އެފްއެސްސީގެ ފަންޑްރެއިޒިން ގާލާ ޑިނާ ބާއްވާފައި ވަނީ ރޭ މީރުމާ ހޯލުގަ އެވެ. އެ ހަފުލާގެ ތެރެއިން އެ ޖަމިއްޔާގެ ދެވަނަ ޕްރޮޖެކްޓުގެ ގޮތުގައި ޕޭޝަންޓް ކެއާ އެވޯޑްސް މޯލްޑިވްސްގެ ނަމުގައި ވަނީ އެވޯޑަކާއި މެގެޒިންއެއް ވެސް ތައާރަފުކޮށްފަ އެވެ.

ޕޭޝަންޓް ކެއާ އެވޯޑު ތައާރަފުކޮށްދެއްވީ ރޭގެ ޝަރަފުވެރި މެހެމާނު، ހެލްތު މިނިސްޓަރު، އަބްދުالله ނާޒިމް އިބްރާހިމް އެވެ. ޕޭޝަންޓް ކެއާ އެވޯޑު ރޭ ލިބުނީ ރާއްޖޭގެ ފުރަތަމަ އަންހެނުންގެ ހާއްސަ ޑޮކްޓަރު، ނާއިލާ އަށެވެ. ނާއިލާއަކީ ސިއްހީ އެކި ކަންކަމާ ބެހޭގޮތުން މައުލޫމާތު ފެތުރުމާއި އެކި މަސައްކަތްތައް ކުރާ ޖަމިއްޔާ، ސޮސައިޓީ އޮފް ހެލްތު އެޑިއުކޭޝަން (ޝީ) ގެ ކޯފައުންޑަރެއް ވެސްމެ އެވެ.

މައުޟޫޢުތަށް