އެއް ލީޓަރުގެ ޕްލާސްޓިކު ފެން ފުޅި މަނާކުރާ ތާރީހު 2028 އަށް ފަސްކޮށްފި
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 7:34
އެއް ލީޓަރުން ފެށިގެން 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން ރާއްޖޭގައި އުފެއްދުމާއި އެތެރެކުރުމާއި ބާޒާރަށް ނެރުން މަނާކުރާ ތާރީހު އަނެއްކާ ވެސް ރައީސް މުހައްމަދު މުއިއްޒު ފަސްކޮށްފި އެވެ.
ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުމުގެ ގަރާރުގައި ކުރިން އޮތީ މި ސައިޒުތަކުގެ ޕްލާސްޓިކު ފެން ފުޅި އެތެރެކުރުމާއި އުފެއްދުން ޑިސެންބަރު 1، 2025 އިން ފެށިގެން މަނާވާ ގޮތަށެވެ. އަދި ވިއްކުން މާޗު1، 2026 އިން ފެށިގެން މަނާވާ ގޮތަށެވެ.
ނަމަވެސް ރޭ ރައީސް މުއިއްޒު ގަރާރެއް ނެރުއްވައި، އެއް ލީޓަރުން ފެށިގެން 500 މިލިލީޓަރާ ހަމައަށް ހުންނަ ފެންފުޅި ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކުރުން ޑިސެންބަރު 1، 2027 އަށް އަދި ވިއްކުން ޖޫން 1، 2028 އިން ފެށިގެން މަނާވާ ގޮތަށް ކަނޑައަޅާފައިވެ އެވެ.