ކްލިނިކަކުން ތިން ދަތް ނެގި އަންހެނަކު ކުއްލިއަކަށް މަރުވި މައްސަލައެއް ބަލަން ފަށައިފި
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 10:29
ތިން ދަތެއް ނެގި އަންހެނަކު އޭގެ ކުޑަ ވަގުތުކޮޅެއް ފަހުން މަރުވި މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.
މިދިޔަ ނޮވެމްބަރު 15 ވަނަ ދުވަހު، ހުޅުމާލޭގައި ހުންނަ ކްލިނިކަކުން ތިން ދަތް ނެގިތާ ގިނަ އިރުތަކެއް ނުވެ މަރުވީ، ސ. ހިތަދޫ، ހަދީޖާ ސަލީމް، 60، އެވެ.
އެ އާއިލާއިން މި މައްސަލަ ހެލްތު މިނިސްޓްރީ އަށް ހުށަހަޅާފައިވާކަން އެ މިނިސްޓްރީގެ މީޑިއާ އޮފިސަރު ފާތިމަތު ޝޫބާ އަދަދު އަށް ކަށަވަރުކޮށްދެއްވި އެވެެ. އެކަމަކު، މައްސަލައިގެ ތަހުގީގު ކުރިއަށް ދާތީވެ، އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.