އެޗްއާރްސީއެމްގެ މެންބަރަކަށް ރަމީލާ އައްޔަނުކޮށްފި
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 10:26
ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރުގެ މަގާމުގައި ހުންނެވި، ޑރ. އާއިޝަތު ރަމީލާ މިއަދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރަމީލާ ވަނީ އެޗްއާރްސީއެމްގެ މެންބަރުކަމުގެ ހުވާ ކުރައްވައި، ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ. އެޗްއާރްސީއެމްގެ މެންބަރުކަމަށް އައްޔަންކުރެއްވި ކަމުގެ ލިޔުން އޭނާއާ ހަވާލުކުރެއްވީ މުހައްމަދު މުއިއްޒު އެވެ.
އޮކްޓޯބަރު މަހު އެޗްއާރުސީއެމްގެ މެންބަރުކަމަށް ރަމީލާ އައްޔަނުކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.