ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދެއް މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 3:48
ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ އަރިހަށް ސައުދީ އަރަބިއްޔާގެ ވިޔަފާރި ވަފުދެއް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.
އެ ވިޔަފާރި ވަފުދަކީ ސައުދީ އަރަބިއްޔާގެ އިންޓަނޭޝަނަލް ރިލޭޝަންސްގެ ޑެޕިއުޓީ މިނިސްޓަރު، ސާރާ އަލް ސައީދާއެކު ވަޑައިގެންނެވި ވަފުދެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލުވުމަކީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް މުއިއްޒު ސައުދީ އަރަބިއްޔާއަށް ވަޑައިގެން، އެ ގައުމުގެ ބޮޑުވަޒީރު އަދި ވަލީއަހުދު، ހިޒް ރޯޔަލް ހައިނެސް، މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދު އާއެކު ބޭއްވެވި ބައްދަލުވުގައި ކުރެވުނު މަޝްވަރާތަކާ ގުޅިގެން ބޭއްވި ބައްދަލުވުމެއް ކަމަށެވެ.