ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ސަނީގެ ބަންދަށް 30 ދުވަސް
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 5:06
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ސަނީ އުމަރުގެ ބަންދަށް ކޯޓުން 30 ދުވަސް ޖަހާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން އާންމުކުރި މައުލޫމާތުގައި ބުނެފައިވަނީ ސަނީގެ ބަންދަށް 30 ދުވަސް ޖެހި ނަމަވެސް ތަހުގީގަށް ކުރިއެރުން ލިބެމުންދާ މިންވަރަކުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރަން އަދި ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓަށް ހުށަހަޅަން ގަސްތުކުރާ ކަމަށެވެ.
ފަތުރުވެރިކަމުގެ ދާއިރާއާ ގުޅޭ ވިޔަފާރިތަކެއް ހިންގަމުން އައި ސަނީ އުމަރުގެ މައްސަލަ ފެންމަތިވުމުން މިދިޔަ ހަފުތާ އޭނާ ގައުމު ދޫކޮށް ދިޔަ އެވެ. އޭގެ ފަހުން ހޯމަ ދުވަހު އަނބުރާ ރާއްޖެ އައުމުން ފުލުހުން ފުރަތަމަ ސަނީ ހައްޔަރުކުރީ އެއާޕޯޓުންނެވެ.