އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ސޯލިހު ފެކްޝަނުން ހުށަހެޅި ގަފޫރުގެ ނަމަށް ފައްޔާޒުގެ ތާއީދު

އަދަދު

3 ޑިސެމްބަރު 2025 | ބުދަ | 5:33

އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނުން ހުށަހަޅާފައި އޮތް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ އަށް ތާއީދު ކުރައްވާ ކަމަށް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

މިވަގުތު ވަގުތީ ޗެއާޕާސަންގެ މަގާމަށް ހުށަހަޅާފައި އޮތް ހަމައެކަނި ނަމަކީ ގަފޫރެވެ. އޭނާއަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެ ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ވަގުތީ ޗެއާޕާސަންގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުން އަވަސް ކުރުމަށް ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (މަދަނަ އިބުރޭ) ގެ ކިބައިން ވަނީ އެދިފަ އެވެ.

"މިހާރު އޮތީ އެމްޕީ ގަފޫރުގެ ނަން އެކަނި. އަޅުގަނޑުގެ ތާއީދު އެބައޮތް އެމްޕީ ގަފޫރަށް،" ފައްޔާޒު ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް