ހެލްތު ސެޓްފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަދިން އެމްއެފްޑީއޭގެ ދެ މުވައްޒަފަކަށް ދައުވާ ކޮށްފި
އަދަދު
3 ޑިސެމްބަރު 2025 | ބުދަ | 8:42
ހެލްތު ސެޓެފިކެޓު ނެތި ކާބޯތަކެތި އެތެރެކުރަން ހުއްދަ ދިން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގެ ދެ މުވައްޒަފެއްގެ މައްޗަށް ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީސް (ޕީޖީ އޮފީހުން) މިއަދު އާންމުކުރި މައުލޫމާތުގައި ބުނީ މި މައްސަލާގައި ދައުވާ ކުރަން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އެމްއެފްޑީއޭގެ ދެ ފީލްޑު އޮފިސަރުން ކަމަށްވާ ދަފްތަރު ރސ 9244، އަހުމަދު ހާޝިމް، އަދި ގދ. ތިނަދޫ، ޢަރަފާތު، އަހުމަދު ޒާހިިރުގެ މައްޗަށެވެ.
މި ދެ މީހުންގެ މައްޗަށް ކުރަނީ ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެންނުވާ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާ އެވެ. މި ތިން ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ މީހަކަށް 14 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.