އިންޑިއާ އާއި ދިވެހި ސިފައިންގެ ތަމްރީނުތަކެއް ޓްރިވެންޑްރަމުގައި ކުރިއަށް ގެންދަނީ
އަދަދު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 9:47
އިންޑިއާ އާއި ދިވެހި ސިފައިން ގުޅިގެން ކޮންމެ އަހަރަކު ވެސް ކުރިއަށްގެންދާ ތަމްރީނު "އެކުވެރިން" އިންޑިއާގެ ޓްރިވެންޑްރަމުގައި އަންގާރަ ދުވަހު ފަށައިފި އެވެ.
އެމްއެންޑީއެފް އިން ބުނީ އެ ތަމްރީނުތައް ކުރިއަށްދާނީ ޑިސެމްބަރު 16، ވަނަ ދުވަހާ ހަމައަށް ޖުމްލަ 14 ދުވަހުގެ މުއްދަތަކަށް ކަމަށެވެ. އެ ތަމްރީނުގައި އެމްއެންޑީއެފް މެރީން ކޯގެ 45 ސިފައިން ބައިވެރިވެ އެވެ.
އެ ތަމްރީނުގައި އެމްއެންޑީއެފްގެ ފަރާތުން ބައިވެރިވާ ސިފައިންގެ ކޮމާންޑަރަކަށް ހަމަޖެއްސީ މެރިން ކޯ ހެޑްކުއޯޓާޒްގެ އޮޕަރޭޝަންސް އަދި ޓްރެއިނިން އެންޑް އެޑިޔުކޭޝަން ޑައިރެކްޓަރު، މޭޖާ އަބްދުލް ހަސީބް އިބްރާހީމް އެވެ.