ރާއްޖޭގައި މަރުގެ ހުކުމް އިއްވޭނީ އަދުލުގެ ނިޒާމު މިނިވަންވެގެން: ޑރ. ޒިޔާދު
އަދަދު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 6:18
ރާއްޖޭގައި މަރުގެ ހުކުމް އިއްވޭނީ އަދުލުގެ ނިޒާމު މިނިވަންވެގެން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެ އެވެ.
މަރުގެ ހުކުމް އިއްވުމުގެ އިހްތިޔާރު ރާއްޖޭގައި ފަނޑިޔާރުންނަށް އޮތްތޯ ސުވާލުކުރައްވާ ޒިޔާދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މަރުގެ ހުކުމް އިއްވުމަކީ ހެޔޮވާނެ ކަމެއް ނޫން ކަމަށެވެ.
"ރާއްޖޭގެ އަދުލުގެ ނިޒާމުގެ ފުރިހަމަ މިނިވަންކަން ގާޒީންގެ އަތްމައްޗަށް ލިބިގެން މެނުވީ މިފަދަ ކަންކަން ނިންމަން ހެޔޮނުވާނެ. އެއްވެސް ފަރާތެއްގެ ނުފޫޒު ފަޑިޔާރުންގެ މައްޗަށް އޮތުމަކީ ޝަރްއީ ގޮތުން ހުއްދަ ވެގެންވާނެ ކަމެއް ނޫން،" ޒިޔާދު ވިދާޅުވި އެވެ.