ގްރޭޑު ހަތަރަކުން މަތީގެ އަންހެން ދަރިވަރުން ސްކާޓާއެކީ ހަރުވާޅު ލާން މަޖުބޫރުކުރަނީ

އަދަދު

4 ޑިސެމްބަރު 2025 | ބުރާސްފަތި | 12:01

ސަރުކާރު ސްކޫލުތަކުގައި ކިޔަވާ ކުދިންގެ ތެރެއިން ގްރޭޑު ހަތަރަކުން ފެށިގެން މަތީގެ ގްރޭޑުތަކުގެ ހުރިހާ އަންހެން ދަރިވަރުންގެ ރަސްމީ ސްކޫލް ޔުނީފޯމާއި އެކްޓިވިޓީ ޔުނީފޯމާއެކީ ސްކާޓް ލާން ބޭނުން ނަމަ ހަރުވާލު ލާން އެޑިޔުކޭޝަން މިނިސްޓްރީން މަޖުބޫރުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އެކުލާފައިވާ "ސަރުކާރު ސްކޫލްތަކުގެ ދަރިވަރުންގެ ޔުނީފޯމް އުސޫލު" ގައިވާ ގޮތުން، ޔުނީފޯމާއެކީ ސްކާޓު އެކަނި ލެވޭނީ ފައުންޑޭޝަން ސްޓޭޖާއި ކީ ސްޓޭޖު 1 ގެ އަންހެން ދަރިވަރުންނަށް އެކަންޏެވެ. މިއީ ބޭބީ ނާސަރީން ފެށިގެން ގްރޭޑު ތިނަކާ ހަމައަށެވެ.

އަންހެން ދަރިވަރުންނަށް ސްކާޓާ އެކީ ހަރުވާލު ލާން މަޖުބާރުކުރަން ސަރުކާރުން ނިންމިއިރު، މި ރާއްޖޭގައި ސްކޫލްތައް އުފެދުނީއްސުރެން މިއަދާ ހަމައަށް ވެސް ސްކޫލްތަކުގައި ކުދިންގެ ރަސްމީ ޔުނީފޯމަކީ ސްކާޓެކެވެ. އަދި ބުރުގާ އަޅާ ދަރިވަރުންނަށް، ޔުނީފޯމާ އެކީ ހަރުވާޅު ލެވެ އެވެ.

މައުޟޫޢުތަށް