ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރަކަށް މަހުލޫފް އައްޔަނުކުރައްވައިފި
އަދަދު
4 ޑިސެމްބަރު 2025 | ބުރާސްފަތި | 11:06
ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމަށް މި ފަހުން ވެރިކަންކުރާ ޕީއެންސީއަށް ސޮއިކުރެއްވި އަހުމަދު މަހުލޫފް އައްޔަނުކުރައްވައިފި އެވެ.
ޖަޕާނަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަގާމަށް މަހުލޫފް އައްޔަނުކުރައްވައި މަގާމުގެ ފަތްކޮޅު އޭނާއަށް އެރުވީ މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ. މަހުލޫފް ހުންނެވީ ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ޔޫތު މިނިސްޓަރުގެ މަގާމުގަ އެވެ.
މަހުލޫފް އެންމެ ފުރަތަމަ ސިޔާސީ މައިދާނުން ފެނުނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފެއްދެވި ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިންނެވެ. އޭގެ ފަހުން މައުމޫން އުފެއްދެވި ޕްރޮގްރެސިޕް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި ވެސް މަހްލޫފް މަސައްކަތް ކުރެއްވި އެވެ.