ހިޔާވެހި ފައިނޭންސިން އަށް ގިނަ ބަޔަކު ޝަރުތުހަމަނުވާތީ ކުޑޫގެ ކަންބޮޑުވުން

އަދަދު

4 ޑިސެމްބަރު 2025 | ބުރާސްފަތި | 8:11

ގެދޮރު ބިނާ ކުރަން ދޫކުރާ ހިޔާވެހި ފައިނޭންސިން ގިނަ ބަޔަކު ޝަރުތުހަމަނުވާތީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) ކަންބޮޑުވުން ފާޅުކުރައްވާ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުއްވައިފި އެވެ.

ކުޑޫ ވިދާޅުވީ ހިޔާވެހި ސްކީމުން ފައިސާ ދޫކުރުމުގެ އުސޫލުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް އިން ކަނޑައަޅާފައިވާ މިންގަނޑުތަކަކީ އާންމު އުސޫލުން ބޭންކުތަކުން ލޯނު ދޫކުރާ މިންގަނޑުތަކަކށްވާތީ، އޭގެ ސަބަބުން ގިނަ ބަޔަކު ލޯނަ ޝަރުތު ހަމަނުވާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

އެގޮތުން އެކަމާ މެދު ވިސްނާވަޑައިގެން، ހިޔާވެހި ލޯން ސްކީމަށް ޝަރުތު ހަމަވުމުގައި ލުއި ގޮތެއް ހަދައިދިނުމަށް ކުޑޫގެ ސިޓީގައި އެދިފައިވެ އެވެ.

މައުޟޫޢުތަށް