އައްޑޫއިން ހައްޔަރުކުރި ޑްރަގް ނެޓްވޯކުގެ ބޮޑުންގެ ތެރޭގައި ނަދީމް ހިމެނޭ
އަދަދު
5 ޑިސެމްބަރު 2025 | ހުކުރު | 8:10
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ނެޓްވޯކެއްގެ ބޮޑުން ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި މީހުންގެ ތެރޭގައި ސ. ހިތަދޫ، ކޮންމުލި، އަލީ ނަދީމް ހިމެނޭކަން އެނގިއްޖެ އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި ރޭގެ ވަގުތެއްގައި ހިތަދޫއިން ނަދީމްގެ އިތުރުން އޭނާ ނިސްބަތްވާ ކަމަށް ތުހުމަތު ކުރެވޭ ޑްރަގް ނެޓްވޯކުގައި ހިމެނޭ އިތުރު ތިން ބޮޑުން ފުލުހުން ހައްޔަރުކުރި އެވެ. އެ ހަތަރު މީހުންނާ ގުޅޭ ތަންތަން ވެސް ފުލުހުން ވަނީ ބަލައި ފާސްކޮށްފަ އެވެ.
ފުލުހުން ބުނީ ޑްރަގް ނެޓްވޯކުގެ ހަތަރު ބޮޑުން ހައްޔަރުކުރީ އެ މުއައްސަސާއިން މިހާރު ކުރިއަށްގެންދާ "އޮޕަރޭޝަން އަލިމަގު" ގެ ތެރެއިން ކަމަށެވެ. ނަމަވެސް އެ ހަތަރު މީހުންގެ ވަނަވަރެއް ފުލުހުން މިހާތަނަށް ހާމައެއް ނުކުރެ އެވެ.