ޓެރަރިޒަމް ފަދަ މައްސަލަތަކުގައި ވާނުވާ ބަންދުގައި ތިބި މީހުން ދޫކޮށްލުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް މުއިއްޒު ވިދާޅުވެއްޖެ

އަދަދު

5 ޑިސެމްބަރު 2025 | ހުކުރު | 6:53

ޝަރީއަތް ނިމެންދެން "ވާނުވާ ބަންދުގައި" ތިބީ ބޮޑެތި ކުށްކުށުގައި ތުހުމަތު ކުރެވޭ މީހުން ކަމަށާއި އެފަދަ މީހަކު ދޫކޮށްލުމަކީ އެމަނިކުފާނު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާފަންނު ރައްޔިތުުންނާއެކު މިރޭ ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ވާނުވާ ބަންދުގައި ތިބީ ޓެރަރިޒަމް، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން، މީހުން މެރުން، މާރާމާރީ ހިންގުން، ޑްރަގް ޓްރެފިކް ކުރުން ފަދަ ކުށްތަކުގައި ހިމެނޭ މީހުން ކަމަށެވެ.

އެފަދަ ކުށްތައް ކޮށްފައި ހުރި ކަމަށް ތުހުމަތު ކުރެވޭ މީހުން ދޫކޮށްލުމަކީ އެމަނިކުފާނަށް ލިބިފައި އޮތް ހައްގެއް އަދި ފުރުސަތެއް ނޫން ކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެފަދަ މީހަކު ދޫކޮށްލުމަކީ އެމަނިކުފާނު ކޮށްގެންވާނެ ކަމެއް ވެސް ނޫން ކަމަށެވެ.

މައުޟޫޢުތަށް