ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމް މަސްތުވާތަކެތި ފެނުނު

އަދަދު

5 ޑިސެމްބަރު 2025 | ހުކުރު | 9:06

ހުޅުމާލެ ގެސްޓުހައުސްއެއްގެ ތެރެއިން ނޮވެމްބަރު 30، ގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުން މަސްތުވާތަކެތި ފެނުނު ކަމަށް ފުލުހުން ބުނެފި އެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ 40 އަހަރުގެ ނޭޕާލް ފިރިހެނެކެވެ. އެ މީހާ ރާއްޖެ އައީ އިތުރު ދެ މީހުންނާއެކު ނޮވެމްބަރު 26، ގައި ކަމަށް ފުލުހުން ބުނެ އެވެ. އޭނާއާއެކު ރާއްޖެ އައި ދެމީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

"ތަކެތި ނެގުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާއެކު ޑޮކްޓަރުންނެވެ. އެގޮތުން އޭނާގެ ހަށިގަނޑުން ޖުމްލަ 78 ބްލެޓް ނަގާފައިވާއިރު، މިތަކެތީގެ ބަރުދަނަކީ 818 ގްރާމް،" ފުލުހުން ބުންޏެވެ.

މައުޟޫޢުތަށް