ހެންވޭރުން މިއަދު ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި
އަދަދު
6 ޑިސެމްބަރު 2025 | ހޮނިހިރު | 8:31
ހެންވޭރުގެ ބޮޑު ސަރަހައްދަކުން މިއަދު މެންދުރު ފަހު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމުގެ މަސައްކަތަށް މިއަދުގެ މެންދުރު ފަހު 2:00 އިން 4:00 އާ ދެމެދު ކަރަންޓު ކެނޑުން އެކަށީގެންވަނީ ކަލާފާނު ހިނގުން ހިމެނޭ ސަރަހައްދުން ކަމަށެވެ.
އެމްވީ ޑިސްޓްރިބިއުޝަން ނެޓްވޯކްގައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މިއަދު ހެނދުނު 6:00 - 6:30 އާ ދެމެދު ގަލޮޅާއި، މައްޗަންގޮޅީގެ ބައެއް ސަރަހައްދުތަކުން ކުޑަ ވަގުތު ކޮޅަކަށް ކަރަންޓު ދާނެ ކަމަށް ސްޓެލްކޯއިން އިއުލާނުކޮށްފައިވެ އެވެ.