މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުކުރާ ބިލު ތަސްދީގުކޮށްފި
އަދަދު
6 ޑިސެމްބަރު 2025 | ހޮނިހިރު | 3:04
މުދަލު ޒަކާތާއި ފިތުރު ޒަކާތް ދެއްކުން ލާޒިމުވާ މީހުންގެ ޝަރުތުތައް ބަޔާންކޮށް، އެ މީހުންގެ މައްޗަށް ޒަކާތް ދެއްކުން ލާޒިމު ކުރާ ޒަކާތު ގާނޫނުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު ތަސްދީގުކުރައްވައިފި އެވެ.
ފިތުރު ޒަކާތާއި މުދަލު ޒަކާތް ދައްކަންޖެހޭ މީހުންނާއި އެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ އިތުރުން އެ ޒަކާތުގެ ބެހެނިވެރިން ވެސް އެ ބިލުގައި ތަފުސީލުކޮށް ވަކިވަކީން ލިޔެފައިވެ އެވެ.
އެ ބިލުގައި ވާގޮތުން ޒަކާތް ނެގުމާއި ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އާއި މުދާ ބެހުން ހިމެނޭހެން ޒަކާތާބެހޭ ގައުމީ ސިޔާސަތު ކަނޑައަޅާނީ އިސްލާމިކް މިނިސްޓަރުގެ ލަފާގެމަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.