ސްކޫލުތަކުގެ ޔުނިފޯމު އެއްގޮތްކުރަން ބެލެނިވެރިން އަތުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ނަޝީދު ލަފާކޮށްފި

އަދަދު

6 ޑިސެމްބަރު 2025 | ހޮނިހިރު | 3:57

ސަރުކާރު ސްކޫލްތަކުގެ ތާރީހު ފޮހެލައި އެ ސްކޫލްތަކުގެ ކިޔަވާކުދިންގެ ޔުނިފޯމް 2027 ވަނަ އަހަރުން ފެށިގެން އެއްގޮތްކުރަން ނިންމާފައި އޮތް ގޮތާއި އެއްގޮތަށް އަމަލުކުރާނަމަ ބެލެނިވެރިން އަތުން 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ލަފާކުރައްވައިފި އެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގައި 90،000 އަށްވުރެ ގިނަ ދަރިވަރުން އެބަތިބި ކަމަށާއި ސަރުކާރުން މިހާރު ހުށަހަޅާފައިވާ ގޮތަށް ޔުނިފޯމު ބަދަލުކުރަން ދަރިވަރަކަށް މަދުވެގެން 900 ރުފިޔާ ހަރަދުވާނެ ކަމަށެވެ.

"ބެލެނިވެރިން އަތުން ޖުމްލަ 80 މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާ ފޮތި ފިހާރަތަކަށް ދިނުމަކީ ދެކޮޅު ޖެހޭ ކަމެއް ނޫން. ޔުނިފޯމު ބަދަލު ކުރުމަކީ ހަރަދު ބޮޑު ބޭކާރު ކަމެއް،" ނަޝީދު ލިޔުއްވާފައިވެ އެވެ.

މައުޟޫޢުތަށް