ވޭޕު ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސް ވޭޕުތަކެއް އަތުލައިގެންފި
އަދަދު
6 ޑިސެމްބަރު 2025 | ހޮނިހިރު | 10:35
މިދިޔަ އަހަރުން ފެށިގެން ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުން އަދި ވިއްކުން މަނާކޮށްފައިވާ ވޭޕުގެ ބާވަތްތައް ވިއްކަމުންދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ވޭޕުތަކެއް އަތުލައިގެންފި އެވެ.
ފުލުހުން މިރޭ ބުނި ގޮތުގައި އިއްޔެ ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކޮށްފައިވަނީ މާލޭގެ ދެ ގެއަކާއި ދެ އުޅަނދެވެ. މިއީ ވޭޕާއި ވޭޕް ކާޓްރިޖް ވިއްކާ ކަމުގެ މައުލޫމާތު ލިބިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.
އެގޮތުން ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 80 ވޭޕް ކާޓްރިޖު އަދި ބަލައިފާސްކުރި ގެއެއްގައި ހުރި އެޕާޓްމަންޓަކުން 59 ވޭޕާއި ކާޓްރިޖް ހޯދި ކަމަށް ފުލުހުން ބުނެ އެވެ. މި މައްސަލާގައި ޖޫރިމަނާ ކޮށްފައިވަނީ ކިތައް މީހުން ކަމެއް ފުލުހުން ނުބުނެ އެވެ.