ގުޅީފަޅު ބޭރުގައި އަޅާފައި އޮތް މާސިންގާ ބާޖެއް ކަހާލައިގެން ގޮސް ގެއްލުންތަކެއް ވެއްޖެ
އަދަދު
7 ޑިސެމްބަރު 2025 | އާދިއްތަ | 1:29
ކ. ގުޅީފަޅު ބޭރުގައި އަޅާފައި އޮތް ބޮޑު މާސިންގާ ބާޖެއްގެ ވާ ކަނޑައިގެން ދިޔުމާ ގުޅިގެން ކަހާލައިގެން ގޮސް، އެ ސަރަހައްދުގައި އަޅާފައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މި މަންޒަރު ދުށް މީހުން އަދަދު އަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި، ގާތްގަނޑަކަށް 300 ފޫޓު ދިގު ބާޖު މި ވަގުތު އޮތީ ގުޅީފަޅުގެ ތިލަ ސަރަހައްދަށް ބީހިފަ އެވެ. މި ބާޖު ބީހުނު ސަރަހައްދުގައި ކުދި ދޯނިތަކާއި ބައެއް ސަފާރީ އުޅަނދުފަހަރުތަކާއި ޑައިވް ދޯނިތައް ވެސް އަޅާފައި އޮތެވެ.
މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް މިހާތަނަށް ރަސްމީ އިދާރާއަކުން ހާމަނުކުރާތީ މި ބާޖާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް ނުލިބެ އެވެ.