ކާޑުލިމިޓު ބޮޑުކޮށްދިނުމުން ބައެއް ކަސްޓަމަރުން އޭގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ ބީއެމްއެލްގެ އިންޒާރެއް

އަދަދު

7 ޑިސެމްބަރު 2025 | އާދިއްތަ | 4:59

ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓު ކާޑުތަކުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ލިމިޓު ބޮޑުކޮށްދިނުމުން، ބައެއް ކަސްޓަމަރުން އޭގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ބުނެ އެ ކަސްޓަމަރުންނަށް ފިޔަވަޅު އަޅާނެ ކަމަށް ބީއެމްއެލްއިން ބުނެ އިންޒާރުދީފި އެވެ.

ބީއެމްއެލްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ނޮވެމްބަރު 11 ގައި އެ ބޭންކުގެ ކާޑު ލިމިޓަށް ގެނައި ބަދަލާއެކު ދިވެހި ރުފިޔާ އެކައުންޓުތަކުގެ ޑެބިޓު ކާޑުުތަކުން ރާއްޖެއިން ބޭރުގައި ކާޑު މެޝިންތަކުގައި ބޭނުންކުރެވޭ މުއާމަލާތްތަކަށް މަހަކު 1000 ޑޮލަރު ބޭނުންކުރެވޭނެ ކަމަށެވެ. އަދި ޓިކެޓާއި ހޮޓެލް ބުކިން ނުވަތަ ސިއްހީ ކަންކަމަށް ފައިސާ ދެއްކުމަށް ޑެބިޓު ކާޑުތަކުން މަހަކު 3000 ޑޮލަރާ ހަމައަށް ލިމިޓު ކަނޑައަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ ބަދަލުގެ ނަހަމަ ބޭނުން ބައެއް ކަސްޓަމަރުން ހިފަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބީއެމްއެލްގެ ބަޔާނުގައި ބުންޏެވެ.

މައުޟޫޢުތަށް