ހުމާމްއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އާއިލާއިން މުއިއްޒުއަށް ގޮވާލައިފި
އަދަދު
7 ޑިސެމްބަރު 2025 | އާދިއްތަ | 9:33
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި، މަރުގެ އަދަބު ދިނުމަށް ހުކުމް ކޮށްފައިވާ ހުސައިން ހުމާމް އަހުމަދުއަށް އިންސާފުވެރި ޝަރީއަތެއް ހޯދައިދިނުމަށް އޭނާގެ އައިލާއިން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުއަށް ގޮވާލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާ ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވަމުން ގެންދާ ޖަލްސާގައި ވާހަކަދައްކަމުުން ހުމާމްގެ ބޭބެ، މުހައްމަދު ކިނާނަތު ވަނީ ހުމާމްގެ ޝަރީއަތް ކުރިއަށް ގެންދިޔަ ގޮތާމެދު ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
އޭނާ ބުނީ މީގެ ކުރިން ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅުންނަށް ވެސް އެ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށެވެ. އެހެންނަމަވެސް، އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.